އަވަށްޓެރި ސްރީލަންކާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ދިވެހި މީޑިއާތަކުން ފެށި ޚާއްސަ ޓެލެތޯން“ސިލޯނާއެކު ދިވެހީން“ ޓެލެތޯނަށް 1.4 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
މި ޓެލެތޯން ފެށީ މިއަދު ހެނދުނު 9 ޖެހިއިރުއެވެ. މި ޓެލެތޯން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނު 9 އަކުން މިރޭ މެންދަމު 1 ޖެހުމާހަމައަށެވެ.
މިހާތަނަށް މި ޓެެލެތޯނަށް ވަނީ ޖުމްލަ 1،402،803.44 ރުފިޔާ ހަދިޔާކޮށްފައެވެ. އަދި 37،448.95 ޑޮލަރު ވަނީ ހަދިޔާކޮށްފައެވެ.
މި ޓެލެތޯނުގައި މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަޙައްދުތަކުގައި ފަންޑު ފޮށިތައް ބެހެއްޓުމުގެ އިތުރުން ފަންޑަށް އެހީވުމަށް ފަސޭހަ ގިނަ އިންތިޒާމްތަކެއްވަނީ ހަމަޖައްސާފައެވެ.
މިގޮތުން ކިއުއާރު ކޯޑް ސްކޭންކޮށްގެން ފަސޭހައިން ފައިސާ ޖަމާ ކުރެވޭނެ އިންތިޒާމާއި ނަގުދު ފައިސާ، ޓްރާންސްފަރ އާއި ބޭންކް ޗެކް މެދުވެރިކޮށްވެސް މިޓެލެތޯނަށް ފައިސާ ޖަމާކުރެވޭނެ ކަމަށް ޕީއެސްއެމްއިން ބުނެފައިވެއެވެ.



