ޖަޕާނަށް ރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުރީގެ މެމްބަރު އަދި ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް، އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ.
ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް މަހުލޫފަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ނަން ފޮޮނުވީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. އެހެންކަމުން ސަފީރުކަމަށް މަހުލޫފް އައްޔަނުކުރުމަށް މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވި މައްސަލަ އޭރު ވަނީ ހާރިޖީ ގުޅުންތަކުގެ ކޮމެޓީއަށް ފޮނުވާފައެވެ.
މިގޮތުން މިއަދު ބޭއްވި މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން މަހުލޫފް ޖަޕާނު ސަފީރު ކަމަށް އައްޔަންކުރަން ފާސްކުރީ ކޮމިޓީގައި ބައިވެރިވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
މި އަހަރުގެ ސެޕްޓެމްބަރު މަހުގެ އަށް ވަނަ ދުވަހު އެމްޑީޕީއިން ވަކިވެވަޑައިގެންނެވި މަހުލޫފް ވެރިކަންކުރާ ޕީއެންސީއާ ގުޅިވަޑައިގަތީ މިހާތަނަށް ރާއްޖޭގެ ތާރީހުގައިވެސް ބޭއްވި އެންމެ ބޮޑު އެއްވުން ކަމަށްވާ ”ދިވެހިންގެ ރާއްޖެ“ ޖަލްސާގައެވެ.
އެ އެއްވުން ބާއްވާފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހުގެރޭގައެވެ.




