ޕީއެސްއެމްގެ އެމްޑީގެ މަގާމުން މިދިޔަ ހޮނިހިރު ދުވަހު އިސްތިއުފާ ދެއްވި އިބްރާހިމް ނަސްރީން، ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އައްޔަންކުރައްވައިފި އެވެ.
އެގޮތުން އެ މަޤާމަށް ނަސްރީން ހަމަޖެއްސެވުމުން، އިއްޔެ މަސައްކަތަށް ވަނީ ނުކުމެވަޑައިގެންފައެވެ.
ޑެޕިއުޓީ މިނިސްޓަރެއްގެ މުސާރަ އަކީ 20،500ރ. ކަމަށްވާއިރު އެލަވަންސާއެކު، މިނިސްޓަރަކަށް މަހެއްގެ މައްޗަށް 35،500ރ. ލިބިވަޑައިގަންނަވާނެ އެވެ.
މީގެ 15 އަހަރު ކުރިން ދައުލަތުގެ މީޑީއާއާ ގުޅިވަޑައިގެންނެވި ޕީއެސްއެމްގެ އެމްޑީގެ މަގާމަށް ނަސްރީން އައްޔަން ކުރެއްވީ ޑިސެމްބަރު 23، 2024 ގަ އެވެ.



