ފަލަސްތީނަށް ރާއްޖޭން ކަނޑައަޅުއްވާ ސަފީރަކަށް ޑރ. އިބްރާހީމް ޒުހުރީ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ޒުހުރީ މިހާރު ހުންނެވީ ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީގެ މަގާމުގައެވެ.
ފަލަސްތީނަށް ރާއްޖޭން ކަނޑައަޅުއްވާ ސަފީރަކަށް ޑރ. އިބްރާހީމް ޒުހުރީ އައްޔަންކުރަން ފާސްކޮށްފައި ވާއިރު އުރުދުން އަށް ރާއްޖޭން ކަނޑައަޅާ ސަފީރުކަމަށް ޑރ. ހާލާ ހަމީދު އައްޔަނުކުރުމަށްވެސް ވަނީ ފާސްކޮށްފައެވެ.
ހާރިޖީ ދާއިރާގައި މަސައްކަތް ކުރައްވަމުން ގެންދަވާ ޑރ. ހާލާ މިހާރު ހުންނެވީ ފޮރިން މިނިސްޓްރީގެ ބައިލެޓްރަލް ސެކްރެޓަރީގެ މަގާމުގައެވެ.
އެ މަގާމަށް އެ ދެ ބޭފުޅުން އައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން މަޖިލީހަށް ފޮނުއްވި ސިޓީގައި ވަނީ އެ ދެ ބޭފުޅުންނަށް ރުހުން ދިނުމާ މެދު މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތެއް އަންގަވައިދެއްވުމަށް އެދިވަޑައިގެންފައެވެ.



