މަސްވެރީންގެ ދުވަހުގެ މުނާސަބަތުގައި ”މަސްވެރީންގެ ގުންޒަރެއް“ ބާއްވަން ތައްޔާރުވެއްޖެއެވެ.
މަސްވެރިންގެ ގުންޒަރު ބާއްވަން ހަމަޖެހިފައި ވަނީ ރ. ދުވާފަރުގައެވެ.
ފިޝަރީޒް މިނިސްޓްރީން މިއަދު ބުނީ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވަން ހަމަޖެހިފައިވާ މަސްވެރިންގެ ގުންޒަރުގެ ބައިވެރިން ދުވާފަރަށް ގޮސްފައިވާ ކަމަށެވެ.
މަސްވެރިންގެ ގުންޒަރުގެ ބައިވެރިންނަށް ދުވާފަރުން މަރުހަބާ ދެންނެވީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު މުއްތަލިބާއި ދުވާފަރު ކައުންސިލްގެ ރައީސް އާއި ކައުންސިލްގެ އިސްވެރިންނެވެ.
މިނިސްޓްރީން ބުނީ މި އަހަރުގެ މަސްވެރިންގެ ގުންޒަރުގައި 20 ރަށަކުން 47 މަސްވެރިންނާ 3 މަސް ޕްރޮސެސްކުރާ ކުންފުންޏަކުން ބައިވެރިވެފައިވާ ކަމަށެވެ.
މިގޮތުން އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރުގެ މަސްވެރިންގެ ގުންޒަރުގައި އެކި އަތޮޅުތަކުގެ މަސްވެރިންނާއި މަސްވެރިކަމުގެ ޞިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތައް ބައިވެރިވާނެ ކަމަށް މިނިސްޓްރީން ބުނެފައި ވެެއެވެ.



