2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ފަލަސްތީނުގެ ނަސްލު ނައްތާލުމަށް އަމާޒުކޮށް ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް 70،365 މީހުން ޝަހީދުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ފަލަސްތީނުގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުން ފަލަސްތީނާ ދެކޮޅަށް އިސްރާއިލުން ފަށާފައިވާ ނަސްލު ނައްތާލުމުގެ ހަނގުރާމަ ފެށުނު ފަހުން ޣައްޒާއަށް ދިން ހަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު 171،058 އަށް ވަނީ އަރާފައެވެ.
އަދި އެތައް ހާސް ބަޔަކު ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށްވެސް އެ މިނިސްޓްރީއާ ހަވާލާދީ ރިޕޯޓުކޮށްފައި ވެއެވެ.
ހަމައެހެންމެ އެ މުއްދަތުގެ ތެރޭގައި 70،365 މީހުން ޝަހީދުވެފައިވާ ކަމަށްވެސް އެ މިނިސްޓްރީއާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.
މީގެ އިތުރުން 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 11 ވަނަ ދުވަހު އިސްރާއީލާއީ ހަމާސްއާ ދެމެދު އެކުލަވާލި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ފަހުވެސް އިސްރާއީލުން މިހާތަނަށް ފަލަސްތީނުން 376 މީހުން ޝަހީދުކޮށްލާފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
އަދި އެ މުއްދަތުގެ ތެރޭގައި 981 މީހުން ޒަޚަމްކޮށްލާފައިވާ ކަމަށް ވެސް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެއެވެ.



