ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަހުމަދު ޝަކީބް މިއަދު އައްޔަންކޮށްފި އެވެ.
މިކަން ހާމަކޮށްފައި ވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ކުރި ޕޯސްޓެއްގައެވެ.
ޕީސީބީ އިން ކުރި ޕޯސްޓުގައި ބުނީ، ޕަބްލިކް ސަރވިސް މީޑިއާ ޕީއެސްއެމްގެ ޑިރެކްޓަރުންގެ ބޯޑުގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމަށް ދަފްތަރު ނަންބަރު ރސ 6886 އަޙްމަދު ޝަކީބު އައްޔަނު ކުރައްވާފައިވާ ކަމަށެވެ.
ޝަކީބު ޕީއެސްއެމްގެ އެމްޑީ ކަމަށް އައްޔަނު ކުރައްވާފައި ވަނީ، ކުރިން އެ މަޤާމުގައި ކުރިން ހުންނެވި އިބްރާހިމް ނަސްރީން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ޝަކީބް ވަނީ 35 އަހަރާއި ހަތް މަސް ވަންދެން ތައުލީމީ ދާއިރާއަށް ހިދުމަތް ކުރައްވާފައެވެ. އަދި އެ މުއްދަތުގައި ޓީވީއެމްގެ ޕްރެޒެންޓަރެއްގެ ގޮތުގައި ޝަކީބް މަސައްކަތް ކުރެއްވިއެވެ.



