ސައުތު އަރިއަތޮޅުގެ މެރިން ޕްރޮޓެކްޓެޑް އޭރިއާ (ސަމްޕާ)ގެ ހޭލުންތެރިކުރުމުގެ ސެޝަންތަކާއި ގައިޑުންގެ އިމްތިހާންތައް 50 ފަރާތަކުން ފުރިހަމަ ކޮށްފިއެވެ.
މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓް އިން ބުނީ ސަމްޕާ ސަރަހައްދުގެ މުވައްޒަފުން ހޭލުންތެރިކުރުމުގެ އިތުރު ސެޝަނެއް އަދި ގައިޑުންގެ އިމްތިހާނެއް 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 4 އަދި 5 ވަނަ ދުވަހު އދ. މާމިގިއްޔާއި އދ. ދަނގެތީގައި ބާއްވާފައިވާ ކަމަށެވެ.
މި ސެޝަންތަކުގައި 50 އަށް ވުރެ ގިނަ ބައިވެރިން ބައިވެރިވެފައިވާ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
މި ޕްރޮގްރާމްތަކުގެ މަޤްސަދަކީ ސަމްޕާ ސަރަހައްދު ރައްކާތެރިކުރުމާއި ހިންގުމުގެ މަސައްކަތްތަކުގައި ގައިޑުންނާއި ސަމްޕާ ސަރަޙައްދުގައި މަސައްކަތްކުރާ މުވައްޒަފުންގެ ބައިވެރިވުން އިތުރުކޮށް، އެ ސަރަޙައްދުގެ ގުދުރަތީ ރީތިކަން ދެމެހެއްޓެނިވި ގޮތަކަށް ބެލެހެއްޓުން ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
މި މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ މިފަދަ ސެޝަންތަކުގައި ގިނަ ގައިޑުންނާއި މުވައްޒަފުން ބައިވެރިވަމުންދާތީ، ސަމްޕާ ސަރަހައްދުގެ ރައްކާތެރިކުރުމަށް އެހީތެރިވުމުގައި ހަރަކާތްތެރިކަމާއެކު ބައިވެރިވާތީ އުފާކުރައްވާކަން ހާމަކުރައްވާފައެވެ.
މިނިސްޓްރީން ބުނީ މިއީ ސަމްޕާ ސަރަހައްދުގެ ދިގު މުއްދަތުގެ ދެމެހެއްޓެނިވި ރައްކާތެރިކަމަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ.




