ކުރިއަށް އޮތް ހަފްތާގައި ވެސް މާލެ ހިމެނޭހެން ރާއްޖޭގެ ބޮޑު ބަޔަކަށް ވައިނުސާފުވާނެ ކަމަށް ބެލެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) ބުނެފިއެވެ.
މެޓް އޮފީހުން މިއަދު ބުނީ، ދުންފުހުގެ ސަބަބުން އުތުރާއި މެދުރާއްޖެތެރެއަށް މިހާރު ވައި ނުސާފު ކަމަށެވެ.
އެގޮތުން، މި ސަރަހައްދަށް ވައި ނުސާފުވެ ހަމަ ލޮލަށް ސާފުކޮށް ދުރުމިން ފެންނަ މިންވަރު މިހާރުވެސް ދަށްވެފައިވާ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
މެޓް އޮފީހުން ބުނީ ކުރިއަށް އޮތް ހަފްތާގެ ތެރޭގައިވެސް ދުންފުހުގެ އަސަރު މި ސަރަހައްދުތަކަށް ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.
އޭނާ ވިދާޅުވިގޮތުގައި ދުންފުހުގެ އަސަރު ގަދަވާނީ ހުޅަނގު މޫސުމުން އިރުވައި މޫސުމަށް ބަދަލުވާ ދުވަސްވަރުގައެވެ. މިއީ އެ ދުވަސްވަރެވެ. އެކަމަކު މިއަދަކީ ރާއްޖެއަށް ވިއްސާރަ ދުވަހެއްވީމަ، މިއަދު ދުންފުހުގެ އަސަރު ކުޑަވާނެ ކަމަށް ބެލެވެއެވެ.




