ސެޓިފިކެޓް 1 އިން ސްޕޯޓްސް އެޑްމިނިސްޓްރޭޓަރސް އެންޑް ޓީމު މެނޭޖްމެންޓް ކޯސް 32 ފަރާތަކުން ފުރިހަމަ ކޮށްފިއެވެ.
މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އާއި އޮލިމްޕިކް ކޮމިޓީން ގުޅިގެން ކުރިޔަށް ގެންދިޔަ މި ކޯހަކީ ކުޅިވަރު އިދާރާތައް ހިންގުމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ގާބިލުކަން އިތުރުކުރުމުގެ މަގްސަދުގައި ހިންގުނު ކޯހެކެވެ.
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރިޑިޓްކޮށްފައިވާ އެ ކޯސް ފުރިހަމަ ކުރި ފަރާތްތަކަށް ވަނީ ސެޓިފިކެޓް ހަވާލުކޮށްފިއެވެ.
އެ ކޯސް ފުރިހަމަކުރި ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްފައި ވަނީ އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ ސްޕޯޓްސް މިނިސްޓަރު އަބުދުﷲ ރާފިޢުއެވެ.
އެ ރަސްމިއްޔާތުގައި މިނިސްޓަރު ވަނީ އެސޯސިއޭޝަންތައް ހިންގުމުގެ ގާބިލުކަން އިތުުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
އަދި ކުޅިވަރުގެ ދާއިރާގައި ކާމިޔާބު ހޯދުމަށް މައިގަނޑު ތަނބަކީ އެދެވޭ ގޮތެއްގައި މުއާމަލާތްކުރުންކަން ފާހަގަކުރައްވާފައެވެ.
މި ކޯހުގައި އެކި އެސޯސިއޭޝަންތައް ހިންގުމުގައި ހަރަކާތްތެރިވާ އެކި ފަންތީގެ މުވައްޒަފުން ބައިވެރިވެފައި ވެއެވެ.



