ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ”ޔޫތު ހެކަތޯން 2025“ ފަށައިފިއެވެ.
މި ހަރަކާތަކީ ކޯޑިން ދާއިރާއަށް ޝައުގުވެރިވާ ޒުވާނުންނަށް ޚާއްސަކޮށްގެންން ބާއްވާ ހަރަކާތެކެވެ.
މި މަހު 11 އިން 13 އަށް މާލޭގެ ޔޫތު ހަބްގައި ކުރިއަށްގެންދަން ހަމަޖެހިފައިވާ އެ ހަރަކާތުގައި ޖުމްލަ 85 ޒުވާނުން ވަނީ ބައިވެރިވެފައެވެ.
ކުރިއަށްގެންދާ މި ހަރަކާތުގައި ޓީމްތަކުން ތަފާތު 4 ޓީމެޓިކް އޭރިއާއަކަށް ޕިޗް ނުވަތަ ހުށައެޅުންތައް ހުށައަޅާނެއެވެ.
ބައިވެރިންގެ ހުށައެޅުންތަކުގެ ތެރެއިން 1 ވަނަ 2 ވަނަ އަދި 3 ވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ.
1 ވަނައަށް ހޮވޭ ފަރާތަކަށް 1 ލައްކަ ރުފިޔާ، 2 ވަނައަށް ހޮވޭ ފަރާތަކަށް 75،000 ރުފިޔާ އަދި 3 ވަނައަށް ހޮވޭ ފަރާތަކަށް 50،000 ރުފިޔާގެ ފައިސާގެ އިނާމު އަދި ސްޕޮންސަރގެ ފަރާތުން ހަދިޔާކުރާ އިނާމްތައް ލިބޭނެއެވެ.
ޔޫތު މިނިސްޓްރީން ބުނީ ބައިވެރިންގެ ހުށައެޅުންތަކުން ޓެކްނޮލޮޖީގެ އެހީގައި މުޖްތަމައުގައި މި ވަގުތު ހުރި މައްސަލަތައް ހައްލު ހޯދުމަށާއި މުޖްތަމައުއަށް ފައިދާ ކުރަނިވި އާ އުފެއްދުންތައް ފަރުމާ ކުރުމުގެ ފުރުސަތު ހުޅުވާލެވިގެންދާނެ ކަމަށެވެ.


