ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 2.4 މިލިއަން ރުފިޔާގެ ޑްރަގް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން އަތުލައިގެންފި އެވެ.
މޯލްޑިވްސް ކަސްޓަމްސް މިކަން ހާމަކޮށްފައި ވަނީ އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައެވެ.
ކަސްޓަމްސް އިން ކުރި ޕޯސްޓުގައި ބުނީ ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 3 ކިލޯގެ މަސްތުވާތަކެތި ވެލާނާ އެއާޕޯޓުން މި މަހުގެ 13 ވަނަ ދުވަހު އަތުލައިގެންފައިވާ ކަމަށެވެ.
އަދި އަތުލައިގަތް މަސްތުވާތަކެތީގެ ބާވަތަކީ ކެނަބިސް ފަތް ކަމަށްވެސް ކަސްޓަމްސް އިން ބުނެފައި ވެއެވެ.
މީގެ އިތުރުން ކަސްޓަމްސް އިން ބުނީ އެ ތަކެތީގެ މަގުމަތީ އަގު 2.4 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް ބަޔަކު ހައްޔަރުކުރި ކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.




