ދައުލަތުގެ މީޑިއާ (ޕީއެސްއެމް) އާއި މޯލްޑިވްސް މީޑީއާ އިންސްޓިޓިއުުޓުން އިންތިޒާމުކޮށްގެން މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ މުވައްޒަފުންނަށް ޚަބަރުލިޔެ، ކޮންޓެންޓު އުފެއްދުމުގެ ތަމްރީނުތަކެއް ފަށައިފިއެވެ.
މިއީ ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޓްރެއިނިންގ ޕްރޮގްރާމެކެވެ.
މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އިން ބުނީ މި ތަމްރީން ޕްރޮގްރާމުގެ މަޤްޞަދަކީ މިނިސްޓްރީގެ މުވައްޒަފުންނަށް ޙަބަރު ލިޔުމާއި، ފޮޓޯ ނެގުމާއި ވީޑިއޯ އުފައްދަން ދަސްކޮށްދިނުން ކަމަށެވެ.
މި ޓްރެއިނިންގ ތެރެއިން މުވައްޒަފުންނަށް މިނިސްޓްރީގެ ސޯޝަލް މިޑިއާ ބޭނުންކުރާނެ ގޮތުގެ މަޢުލޫމާތު ވެސް ދިނުމަށް ހަމަޖެހިފައިވެއެވެ.
މި ޓްރެއިނިންގ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރާއި، ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަކީބު ބައިވެރިވެވަޑައިގެންވިއެވެ.
ޓްރެއިނިންގ ފައްޓަވައި ދެއްވައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވަނީ މިނިސްޓްރީގެ މުވައްޒަފުންނަށް މިފަދަ ޕްރޮގްރާމެއް ހިންގުމުގެ މުހިއްމުކަން ފާހަގަކުރައްވައި، ޕީއެސްއެމް އަށް ޝުކުރު އަދާކުރައްވާފައެވެ.
އަދި މީގެ ސަބަބުން މުވައްޒަފުންގެ ގާބިލުކަން އިތުރުވެގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިއަދު ފެށި މި ޓްރެއިިނިންގ ޕްރޮގްރާމްގައި މިނިސްޓްރީގެ އެކި ޑިޕާޓްމެންޓުތަކުން 25 އަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވެއެވެ. މިއަދުގެ ސެޝަންތައް ކުރިއަށްގެންގޮސްފައި ވަނީ މިއަދު މެންދުރު ފަހު 1.00 އިން ހަވީރު 5.00 އަށެވެ. އަދި މާދަމާގެ ސެޝަންތައް ކުރިއަށްގެންދަން ހަމަޖެހިފައި ވަނީ ހެނދުނު 10.00 އިން ހަވީރު 5.00 އަށެވެ.



