ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެމްޕޭން ތަރުޖަމާނަކަށް ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް ހަމަޖައްސައިފިއެވެ.
ފިރުޒުލް އެ މަގާމަށް ހަމަޖެއްސިކަން އިއުލާން ކުރެއްވީ ޕީއެންސީން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެކަން ހާމަކުރެއްވީ އެޕާޓީގެ ޕީޖީ ލީޑަރު އަދި ކެންޕޭން މެނޭޖަރު އިބްރާހީމް ފަލާހެވެ.
އެ ބައްދަލުވުމުގައި ފަލާހު ވިދާޅުވީ ޕީއެންސީގެ ފަރާތުން އިންތިހާބަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުން ޝަކުވާ ހުށަހަޅަން ޖެހޭނީ ވައިބާ ނުވަތަ ވަޓްސްއެޕް މެދުވެރިކޮށް ކަމަށެވެ.
އަދި އެ ނަންބަރު ކެނޑިޑޭޓުންނަށް ފެންނަ ގޮތަށް ޕާޓީގެ ފަރާތުންް އާންމު ކުރާނެ ކަމަށް ފަލާހު ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ފަލާހު ވަނީ އެ އިންތިހާބަށް އަމާޒުކޮށް، އެ ޕާޓީގެ ސްޕޯކްސްޕާސަނަކަށް ފިރުޒުލް ހަމަޖައްސާފައިވާކަން އިއުލާނު ކުރައްވާފައެވެ.



