ޅ. އޮޅުވެލިފުށީގައި އަލަށް ތަރައްޤީކުރި އައުޓްޑޯ ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފިއެވެ.
އެ ވޮލީ ކޯޓު ހުޅުއްވާދެއްވީ ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢުއާއި ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިން ހަބީބާއި އޮޅުވެލިފުށީ ކައުންސިލުގެ މެންބަރުންނެވެ.
މި ވޮލީ ކޯޓަކީ ސްޕޯޓްސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހުގެ ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިން ހަބީބު އަދި އޮޅުވެލިފުށީ ކައުންސިލުގެ އެހީތެރިކަމާއެކު ނިންމާފައިވާ ކޯޓެކެވެ.
އެގޮތުން އެ ވޮލީ ކޯޓަކީ ދުވާލާއި ރޭގަނޑުވެސް ބޭނުން ކުރެވޭގޮތަށް ލައިޓްހަރުކޮށް، ފެންސް ޖަހާ ވަށާފާރު ރާނާ ފައިވާ ވޮލީ ކޯޓެކެވެ.
މިއީ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ހުރިހާ ކަމެއް ފުރިހަމަކޮށްފައިވާ ވޮލީ ކޯޓެކެވެ.
މިއީ އެ ރަށުގައި ގާއިމުކުރި ފުރަތަމަ ރަސްމީ ވޮލީކޯޓެވެ.
މި ވޮލީ ކޯޓުގެ މަސައްކަތް ފުރިހަމަކޮށްދެއްވުމުގައި ކައުންސިލާއި ސްޕޯޓްްްސް މިނިސްޓްރީއާ އެ ދާއިރާގެ މަޖިލީސް މެންބަރު ކޮށްދެއްވި މަސައްކަތް ފާހަގަކޮށް ކައުންސިލުން ވަނީ ޝުކުރު އަދާކުރައްވާފައެވެ.




