މިޞްރުގެ އަލް-އަޒްހަރު އެކެޑެމީގެ ފަރާތުން އިމާމުންނާއި ވާޢިޡުން ތަމްރީނު ކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިއީ 2 މަސްދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ.
އަދި މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތެއް ކަމުގައިވުމާއި ޓްރެއިނިންގއާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ޙާސިލުކޮށްފައިވާން ޖެހޭނެ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
ޢަރަބި ބަހުން ކުރިއަށްގެންދާ ޕްރޮގްރާމަކަށްވާތީ ރަނގަޅަށް ޢަރަބި ބަހުން ރަނގަޅަށް ވާހަކަ ދައްކަން އެނގުންވެސް އެ ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.
މި ތަމްރީން ޕްރޮގްރާމުގައި ބައިވެރިވާ ބޭފުުޅުންނަށް އިންޓަރނޭޝަނަލް އެއަރ ޓިކެޓާއި، ހުރުމާއި، ކެއުމުގެ އިތުރުން ދަތުރުތައް މިޞްރުގެ އަލް-އަޒްހަރު އެކެޑެމީގެ ފަރާތުން ހަމަޖއްސައިދޭނެ ކަމަށްވެސް މިނިސްޓްެރީން ހާމަކުރެއެވެ.
ޕްރޮގްރާމުގައި ބައިވެރިވުމުގެ ސުންގަޑިއަކީ، މި މަހުގެ 28ވާ އާދީއްތަ ދުވަހުގެ 13:00އެވެ.



