ވ. އަތޮޅުގައި އޮތް ސަފާރީއެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވާން ފަށައިފިއެވެ.
މޯލްޑިވްސް ނޭޝަނަލް ޑީފެންސް ފޯސް (އެމްއެންޑީއެފް) އިން ދެންމެ ކުރި ޕޯސްޓެއްގައި ވަނީ ވ.އަތޮޅު ކުޑަ އަންބަރާ ކައިރީގައި އޮތް ސަފާރީއެއްގައި އަލިފާން ރޯވެފައިވާކަން ހާމަކޮށްފައެވެ.
އަލިފާން ރޯވެގެން ރިޕޯޓުކޮށްފައިވަނީ ”ޔަސާވާ ޕްރިންސަސް“ ނަމަކަށް ކިޔާ ސަފާރީއެއްގައި ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.
އެމްއެންޑިއެފުން ބުނީ އެ ސަފާރީގައި އަލިފާން ރޯވެގެން ރިޕޯޓުކޮށްފައި ވަނީ މިއަދު އިރުއޮއްސި 6:48ގައި ކަމަށެވެ.
އެމްއެންޑީއެފުން ބުނީ އަލިފާންގަނޑު ނިއްވާލުމަށްޓަކައި މިހާރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.



