ބައުވެ ހަލާކުވެ މާލޭގެ މަގުތަކަށް ދޫކޮށްލާފައިވާ 800އަށް ވުރެ ގިނަ އުޅަނދު ނައްތާލައިފިއެވެ.
ފުލުހުންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަން ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ފަޞީހް ވިދާޅުވީ މާލޭގެ ޕާކިން މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، ބައުވެ ހަލާކުވެ މާލޭގެ މަގުތަކަށް ދޫކޮށްލާފައިވާ 801 އުޅަނދު މި އަހަރު ތެރޭގައި ނަގައި އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު ނައްތާލާފައިވާ ކަމަށެވެ.
”މާލޭގެ ހޮސްޕިޓަލުތަކާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޚާއްސަކޮށްފައިވާ ރޭންޕުތަކުގެ މަތީގައި ޕާކުކޮށްފައި ހުންނަ އުޅަނދުތަކާއި މިސްކިތްތަކާއި ދަރިވަރުން ސްކޫލަށް ވަދެ ނުކުތުމަށް ދަތިވާ ގޮތަށް ޕާކުކޮށްފައި ހުންނަ އުޅަދުތަކުގެ އިތުރުން ކަފިހިހުރަސް މަތީގައި ޕާކުކޮށްފައި ހުންނަ އުޅަދުތައް ނެގުމުގެ މަސައްކަތް ކޮންމެ ދުވަހަކު ވެސް ދަނީ ކުރަމުން.“ ފަޞީހް ފާހަގަކުރެއްވިއެވެ.
މިގޮތުން މި އަހަރު މިހާތަނަށް 7442 އުޅަނދު ނަގާފައިވާ ކަމަށް ފަސީހު ވިދާޅުވިއެވެ.
މީގެ ތެރެއިން، ގާނޫގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ވެރިފަރާތުން ހަވާލުވާން ނައުމުގެ ސަބަބުން، ދެފޮރުޅުލީ 899 އުޅަނދާއި، ހަތަރުފުރޮޅުލީ 106 އުޅަނދު އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު ނައްތާލާފައިވާ ކަމަށްވެސް ފަސީހު ވިދާޅުވިއެވެ.




