އެކަނި ދަރިން ބަލައްޓާ މައިން ނުވަތަ ބަފައިންނަށް ދޭ އެލަވަންސް 3000 ރުފިޔާއަށް ބޮޑުކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް މާލީ އެހީ ދިނުމާބެހޭ ގަވައިދަށް މިއަދު ވަނީ އިސްލާހުގެނެސްފައެވެ.
އެ އިސްލާހުގައިބބުނެފައިވަނީ، އެކަނި ދަރިން ބަލަހައްޓާ މައިންނަށް ނުވަތަ ބަފައިންނަށް މާލީ އެހީގެ ގޮތުގައި ކޮންމެ މަހެއްގެ ތެރޭގައި ލިބޭނީ ހަތަރު ކުދިންނާ ހަމައަށް ކޮންމެ ކުއްޖަކަށް 3000 ރުފިޔާ ކަމަށެވެ.
އަދި ހަތަރު ކުދިންނަށް ވުރެ އިތުރަށް ކުދިން ތިބިނަމަ އިތުރުވާ ކޮންމެ ކުއްޖަކަށް މާލީ އެހީގެ ގޮތުގައި ލިބިދެވޭނީ 1000 ރުފިޔާ ކަމަށްވެސް އެ އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.
އެ އިސްލާހުގައިވާގޮތުން އެ ފައިސާ އެގޮތަށް ގުނަ ކުރެވޭނީ، 15،000 ރުފިޔާއާ ހަމައަށެވެ. ހަމަ އެހެންމެ ކޮންމެ އަހަރެއްގެ ތެރޭގައި 180،000 ރުފިޔާ ކޮންމެ އެކަނިވެރި މަޔަކަށް، ނުވަތަ ބަފަޔަކަށް ލިބޭނެއެވެ.



