ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 40 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ރޭ ބުނީ މި ތަކެތި ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރެއިން ކަމަށެވެ.
އެގޮތުން ބަލައިފާސްކުރުމުގެ ތެރެއިން މި ތަކެތި ފެނިފައިވަނީ، ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ހުއްޓާކަމަށް ކަސްޓަމްސް އިން ބުނެފައި ވެއެވެ.
ކަސްޓަމްސްއިން އަތުލައިގަނެފައި ވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހަޝިޝް އޮއިލްއެވެ.
މި ތަކެތީގެ މަގުމަތީގެ އަގު 32 މިލިއަން ރުފިޔާއަށްވުރެ މަތިވާނޭކަމަށް ބެލެވެއެވެ.
އެ ތަކެތި ކަސްޓަމްސް އިން ޓެސްޓު ކުރަމުންދާ މަންޒަރު ދައުލަތުގެ މީޑިއާއިން ރޭ ވަނީ ލައިވްކޮށްފައެވެ. އެ ފުޅިތައް ރާއްޖެ އެތެރެކުރަން މަސައްކަތް ކުރީ ޗޮކްލެޓް ސިރަޕް ފުޅިތަކަކަށް އަޅައިގެން 10 ފޮށިގަނޑެއްގައި ބަންދުކޮށްގެންނެވެ.




