ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށްދޭ މާލީ އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މޯލްޑިވްސް މީޑީއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ރޭ ކުރި އިއުލާނުގައި ވަނީ ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ނޫސްތަކާއި ބްރޯޑްކާސްޓިން ލައިސަންސް ލިބިފައިވާ ފަރާތްތައް، ދައުލަތުގެ ބަޖެޓުން ދޭ މާލީ އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.
އެގޮތުން އެ އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ އާދިއްތަ ދުވަހުގެ މެންދުރު 2:00 އާ ހަމައަށެވެ.
އެކަމަށް އެދި ހުށަހަޅަން ޖެހޭނީ އޮންލައިން ޕޯޓަލް އިންނެވެ.
އަދި ޕްރޮޕޯޒަލް ހުށަހަޅަން ޖެހޭނީ ’ވަންގަވް’ގެ ތެރޭގައި ހަދާފައިވާ ’މީޑިއާ އެޕް‘ މެދުވެރިކޮށެވެ.



