މަސްތުވާތަކެތި އެތެރެކޮށް ބޭނުންކުރާ ކަމުގެ ތުހުމަތުގައި ރ. ދުވާފަރުން 3 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ މި އޮޕަރޭޝަން ހިންގާފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 27 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ.
އަދި މި އޮޕަރޭޝަން ހިންގާފައިވަނީ ދުވާފަރު ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ކަމަށް ފުލުހުން ހާމަކުރެެއެވެ.
މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ރ. ދުވާފަރު / ދަފްތަރު ނަންބަރު 0098، މުހައްމަދު އަލީ (39އ) އާއި ރ.ދުވާފަރު / އުޖާލާއަލި، އިސްމާއީލް ޝައުފާން އަލީ (28އ) އާއި ގއ. ގެމަނަފުށި / ނިއުލައިޓް، ނަޛީޙު ޙިލްމީ (32އ) އެވެ.
ފުލުހުން ބުނީ އެ ތިންމީހުން ވެސް ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ގެންްގުޅެ އެތަކެތި ބޭނުންކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އިސްމާޢީލް ޝައުފާން ޢަލީ (28އ) ފަސް ދުވަހަށް ބަންދުކުރުމަށް އަދި ދެންތިބި ދެ މީހުން ވެސް 30 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.



