ފުލުހެއްގެ ކަރުގައި ހިފިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހދ. ނޮޅިވަރަންފަރަށް ނިސްބަތްވާ 27އ ގެ ދިވެހި ފިރިހެނެކެވެ.
ބަންދު އަމުރުން އެނގޭ ގޮތުގައި އޭނާ ވަނީ ސީނަށް ދިޔަ ފުލުހުންނަށް އިންޒާރުދީ، ފުލުހުންގެ ދައުރަށް ހުރަސް އަޅާ ފުލުހެއްގެ ކަރުގައި ހިފާފައެވެ.
ކުށުގެ ރެކޯޑުވެސް އޮންނަ އެ މީހާ ވަނީ ކޯޓުގައި ފުލުހުންނަށް އިންޒާރުދީ، ފުލުހުންގެ ދައުރަށް ހުރަސް އަޅާ ފުލުހެއްގެ ކަރުގައި ހިފިކަމަށް އިންކާރުކޮށްފައެވެ.
އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ 15 ދުވަސް ޖަހައިފައެވެ.


