ޞިއްޙީ މަރުކަޒުތަކުންދޭ ޚިދުމަތްތައް ހަރުދާނާކުރުމަށް އަލަށް ބޭނުން ކުރަންފަށާ ސޮފްޓްވެއާރތައް ތަޢާރަފްކޮށްފިއެވެ.
ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ސްޕްޓްވެއަރތައ ލޯންޗްކޮށްދެއްވީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފް އުމަރެވެ.
މިއަދު ލޯންޗް ކުރިސްޕްޓްވެއަރތަކުގެ ތެރޭގައި، އެކި ކަންކަމާއި ގުޅިގެން ޓެކްނިކަލް ސަޕޯޓް ނުވަތަ އެހެނިހެން ސަޕޯޓް ހޯދުމަށް ހެލްތު މިނިސްޓްރީއާ ކުރެވޭ މުއާމަލާތްތައް ޑިޖިޓަލްކޮށް ޓްރެކްކުރުން ހިމެނެއެވެ.
އަދި ހެލްތު ސެންޓަރުތަކުގެ މެޑިކަލް ސްޓޮކާއި ބޭހުގެ ސްޓޮކް ޑިޖިޓަލްކޮށް ރިއަލް ޓައިމްގައި ބެލެހެއްޓުންވެސް ހިމެނެއެވެ.
މީގެ އިތުރުން އިންސާނީ ވަސީލަތްތައް މެނޭޖް ކުރުމަށް ބޭނުންވާ އެޗް.އާރު ސޮފްޓްވެއާއި، ހެލްތު މިނިސްޓްރީއާ ހިއްސާ ކުރަންޖެހޭ ލިޔެކިޔުންތައް ޑިޖިޓަލްކޮށް ހިއްސާ ކުރުމަށާއި ޓްރެކް ކުރުމަށް ބޭނުންވާ ޑިޖިޓަލް ޓޫލްސްގެ އިތުރުންވެސް ޞިއްޙީ ޚިދުމަތް ހަރުދަނާކޮށް ޑިޖިޓަލް ކުރުމަށް ބޭނުންވާ އިތުރު ޓޫލްސްތައް ސޮފްޓްވެއާ ސޫޓްގެ ތެރޭގައި ހިމެނެއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތުގެ އިތުރުން ހެލްތު މިނިސްޓްރީގެ ގިނަ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.



