އިކޮނޮމިކް މިނިސްޓްރީއާ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާއި ގުޅިގެން ދ. މީދޫގައި އޭޓީއެމްގެ ޚިދުމަތް އިފްތިތާޙްކޮށްފިއެވެ.
މި ރަސްމިޔާތުގައި އެ ޚިދުމަތް އިފްތިތާޙް ކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދުއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ އެ ޚިދުމަތް ތައާރަފުކޮށްފައި ވަނީ މާލީ މުހިންމު ހުރިހާ ޚިދުމަތްތަކެއް އެއްތަނަކުން ލިބޭނެފަދަ އިންތިޒާމެއް، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ޤާއިމުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން ކަމަށެވެ.
ދިވެހިރާއްޖޭގެ މީހުންދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓައި އޭޓީއެމްގެ ޚިދްމަތްތައް ފޯރުކޮށްދިނުމަށްޓަކައި އިކޮނޮމިކް މިނިސްޓްރީއާ މޯލްޑިވްސް އިސްލާމިކް ބޭންކާއި ދެމެދު އެއްބަސްވުމެއްގައި ސޮއި ކުރެވުނީ 7 ނޮވެންބަރު 2024 ގައެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ މި އެއްބަސްވުމާއެކު 23 އޭޓީއެމެއް 19 ރަށެއްގައި ބަހައްޓާނެ ކަމަށެވެ.



