ހުކުރު ޚުޠުބާ ލިޔާ މައުޟޫޢުތަކާމެދު ރައްޔިތުންގެ ޚިޔާލު ހޯދަން އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ހުކުރު ޚުޠުބާ ލިޔާ މައުޟޫޢުތަކާމެދު ރައްޔިތުންގެ ޚިޔާލު ހޯދަން ބޭނުންވާ ކަމަށެވެ.
އެހެންކަމުން 2026 / 1447 ވަނަ އަހަރުގައި ޚުޠުބާ ލިޔުމަށް މައުޟޫޢު ހުށަހެޅުމަށް އާންމުކޮށް ވަނީ ހުޅުވާލާފައެވެ.
މިގޮތުން މިނިސްޓްރީން ވަނީ އެ ޕޯސްޓުގެ ކޮމެންޓުބައިގައި 2026 ވަނަ އަހަރު އަޑު އަހަން ބޭނުންވާ މައުޟޫޢުތައް ލިޔުމަށް އެދިފައެވެ.
އިސްލާމިކް މިނިސްޓްރީން އެގޮތަށް އެދިފައިވާތީ އެ ޕޯސްޓަށް ގިނަ ބަޔަކު މިހާރު ދަނީ ހިޔާލު ހުށަހަޅަމުންނެވެ.





1 Comment
ޥ.ރ ނިއްމެވުމެއް!
މައުޟޫއު:“ޤައުމު އިސްލާޙް ކުރަން އެދޭނަމަ ރިޝްވަތާއި ކޮރަޕްޝަންގެ ތުޙުމަތު ކުރެވޭ އިސްވެރިން ސަރުކާރުގެ އިދާރާތަކުގެ އިސް މަޤާމުތަކުގަ ތިބުމުގެ ނުރައްކާތެރިކަން“