އެމެރިކާގެ ސިފައިން ވެނެޒުއޭލާއަށް އަރައި، އެ ޤައުމުގެ ރައީސް ނިކޮލަސް މާޑޫރޯ އާއި އެމަނިކުފާނުގެ އަނބިކަނބަލުން ކްލިރިއާ ފްލޮރެސް ހައްޔަރުކޮށްގެން ގައުމުން ބޭރަށް ގެންގޮސްފިއެވެ. އެކަން އެމެރިކާގެ ހާމަކޮށްފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ.
މިއަދު ފަތިހުގެ ވަގުތެއްގައި ދޭން ފެށި މި ހަމަލާތަކަކީ މަޑޫރޯގެ ސަރުކާރާ ދެކޮޅަށް އެމެރިކާއިން ފެށި ހަރަކާތްތަކުގެ ތެރެއިން ދިން ހަމަލާތަކެކެވެ. ރައީސް ޓްރަމްޕްގެ މީސްމީޑިއާ ޕްލެޓްފޯމްގައި ކުރި ޕޯސްޓެއްގައި ބުނީ، އެމެރިކާގެ އަސްކަރިއްޔާއިން ވެނެޒުއޭލާއަށް ދިން ވަރުގަދަ ހަމަލާތަކެއްގައި މާޑޫރޯ އާއި އޭނާގެ އަނބިކަނބަލުން އަތުލައިގަނެވި، ގައުމުން ބޭރަށް ގެންގޮސްފައިވާ ކަމަށެވެ.
މި އޮޕަރޭޝަނުގައި އެމެރިކާގެ ގާނޫނު ތަންފީޒުކުރާ އިދާރާތައް ވެސް ބައިވެރިވެފައިވާ ކަމަށް ޓްރަމްޕް ބުނެފައިވެއެވެ.

އެމެރިކާގެ އޮފިޝަލުން މައުލޫމާތު ދޭ ގޮތުގައި، މި ހަމަލާތައް އަމާޒުކޮށްފައިވަނީ ވެނެޒުއޭލާގެ އަސްކަރީ މަރުކަޒު ތަކަށެވެ. އޭގެ ތެރޭގައި ވެރިރަށް ކަރާކަސްގައި ހުންނަ މައި އަސްކަރީ މަރުކަޒު ކަމަށްވާ ފުއާޓޭ ޓިއުނާ އާއި، މައި ވައިގެ ބަނދަރު ލާ ކާލޮޓާ އަދި މުހިންމު ކަނޑުގެ ބަނދަރެއް ކަމަށްވާ ލާ ގުއައިރާ ވެސް ހިމެނެއެވެ.




