މާލޭގެ ބާޒާރުމަތީ ސަރަހައްދުގެ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން، މިހާތަނަށް 38 މީޓަރުގެ ސަރަޙައްދެއް ޝީޓް ޕައިލްކޮށް ނިންމާލައިފިއެވެ.
އެމްޓީސީސީން ބުނީ، ބާޒާރުމަތީ ސަރަޙައްދުގެ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން، އިމާރާތްތައް ހުރި ފަރާތުގެ ކޭބަލް އަޅާ އެއްކޮށް ނިމިފައިވާ ކަމަށެވެ.
ބާޒާރުމަތީ ސަރަހައްދުގެ މަގު ހެދުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ ޑިސެމްބަރުމަހުގެ 9ވަނަ ދުވަހުއެވެ.
އެ މަގުގެ ދުވާރުހެދުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށާއި، އެ މަސައްކަތުގެ ތެރެއިން މަސްމާރުކޭޓު ހިމެނޭ ބްލޮކް އަދި ދެވަނަ ބްލޮކްގެ މަސައްކަތް ނިމިފައިވާކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.
އަދި ސީ ޗެނަލް އިންސްޓޯލް ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށާއި، ޓައި ރޮޑާއި އެންކަރ ބްލޮކްގެ މަސައްކަތް މި ހަފްތާގައި ފެށުމަށް ހަމަޖެހިފައިވާކަމަށް ވެސް ބުންޏެވެ. އެމްޓީސީސީން ބުނީ، މި މަޝްރޫއުގެ ތެރެއިން މަގުގެ 70 މީޓަރުގެ ސަރަހައްދެއްގައި މިހާރު ފެންހޮޅި އަޅާފައިވާކަމަށެވެ.



