ބޮޑު ޗުއްޓީ ދުވަސްވަރާ ދިމާކޮށް ސްކޫލް ކުދިންނަށް ޚާއްޞަ ކޮށްގެން މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް، (އެމްއެމްއައި) އިން ކުރިއަށް ގެންދިޔަ ”ސްކޫލް ހޮލިޑޭ ކޭމްޕް ޑިސެމްބަރ 2025“ ނިންމައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.
މިދިޔަ ޑިސެމްބަރު މަހުގެ 27އިން މިމަހުގެ 3 އާ ހަމައަށް ކުރިއަށް ގެންދިޔަ މިފަހަރުގެ ސްކޫލް ހޮލިޑޭ ކޭމްޕުގައި 151 ކުދިން ބައިވެރިވިއެވެ.
މި ކޭމްޕުގެ ތެރެއިން 9 މަސައްކަތު ބައްދަލުވުން ކުރިއަށް ގެންގޮސްފައިވެއެވެ. އޭގެތެރޭގައި، ވީޑިއޯ އެޑިޓިން ކްލާސްތަކާއި، ކޯޑިންގ އަދި ކުޑަކުދިންނަށް ޚާއްސަ ކޮށްގެން ކުރިއަށްގެންދާ ފެހުމާއި، މާޖެހުމުގެ މަސައްކަތްތައް ދަސްކޮށްދޭ ކްލާސްތައް ހިމެނެއެވެ. މީގެއިތުރުން ޓީވީ ޕްރެޒެންޓިންގ ކުލާސްތަކާއި، ޕެއިންޓް އެންޑް ކްރާފްޓުގެ ކްލާސްތަކުގެ އިތުރުން މި ކޭމްޕުގެ ތެރެއިން ވޯކަލް ކްލާސްތަކެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.
އެމްއެމްއައި އިން މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި، އެކިއެކި ދާއިރާއިން ކޯސްތަކާއި، ތަމްރީން ޕްރޮގްރާމްތައް ހިންގުން ހިމެނެއެވެ.
އެގޮތުން ޝޯ ޕްރެޒެންޓިންގެ ދާއިރާއަށް ކުދިންގެ ހިތުގައި ޝައުޤުވެރިކަން އިތުރު ކުރުމަށްޓަކައި އެމްއެމްއައި އިން އަންނަނީ، ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.




