ޢުމްރާގެ މަތިވެރި އަޅުކަން ކުރުމަށް ސައުދީ އަރަބިއާއަށް ދިޔަ ދެ ދިވެއްސަކު ނިޔާވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ދިވެހި ދެ އުމްރާވެރިޔަކު ނިޔާވެފައިވާ ކަމަށާއި އެ ދެ ބޭފުޅުންގެ ޖަނާޒާގެ ކަންތައްތައްވެސް ފުރިހަމަ ކުރެވިފައިވާ ކަމަށެވެ.
ނިޔާވެފައިވަނީ ސަފާ ގުރޫޕާއި ހިޖާޒް ގްރޫޕް އިން ޢުމްރާވެރިންތަކެއް ކަމަށާއި ނިޔާވީ ދެ ފިރިހެން ބޭފުޅުން ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
މީގެއިތުރުން އެ މިނިސްޓްރީން ބުނީ، ނިޔާވި ދެ ބޭފުޅުންގެ ތެރެއިން އެކަކު ނިޔާވީ އިއްޔެ ކަމަށާއި ދެވަނަ މީހާ ނިޔާވީ މިއަދު ކަމަށެެވެ.
މިކަމާ ގުޅިގެން އިތުރު ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.




