ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ވެސް އައިނު ފިހާރައެއް ހުޅުވައިފިއެވެ.
އެ ހޮސްޕިޓަލުގައި މިދިޔަ އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި، އެ ފިހާރަ ހުޅުއްވައި ދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމެވެ.
އައިނުގެ ވިޔަފާރިއަށް ސަރުކާރުން ރަސްމީކޮށް ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ.
އައިޖީއެމްއެޗްގައި ހުޅުވި ފިހާރައަށްފަހު، އެ ތަނުގެ ދަށުން ހިންގަން އިތުރު ތިން ތަނެއްގައި ވަނީ އައިނު ފިހާރަ ހުޅުވައިފަ އެވެ.
އެއީ؛
– ހުޅުމާލެ ހޮސްޕިޓަލް
– އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް
– ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް ހަލީމް ވިދާޅުވީ އުތުރާއި ދެކުނުގައި، އާސަންދަ މެދުވެރިކޮށް ހިލޭ ނަމްބަރު އައިނު ހެއްދޭނެ ކަމަށެވެ.
އެއީ ސިއްހީ ހިދުމަތްތައް އާއްމުންނާ ވީހާވެސް ކައިރިން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށް ހަލީމް ވިދާޅުވިއެވެ.




