ޅ އަތޮޅުގައި ފައިވް ސްޓާ ފެންވަރުގެ އާ ރިސޯޓެއް ހުޅުވައިފިއެވެ.
”މެއްޔާފުށި މޯލްޑިވްސް“ ނަމަކަށް ކިޔާ އެ ރިސޯޓު ރަސްމީކޮށް ހުޅުވާފައި ވަނީ މި މަހުގައެވެ. ނަމަވެސް، ޓޫރިސްޓުންނަށް އެ ރިސޯޓު މިދިޔަ ނޮވެމްބަރު މަހު ވަނީ ހުޅުވާލައިފައެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެ ރިސޯޓަށް ސީޕްލޭނުގައި 35 މިނެޓުން ދެވެއެވެ.
އެނގިފައިވާ ގޮތުގައި، ތިމާވެއްޓާ ރައްޓެހި ދިވެހިވަންތަ އެ ރިސޯޓުގައި 94 ލަގްޒަރީ ވިލާ ބޭނުން ކުރެވެން ހުރެއެވެ. އަދި ކޮންމެ ވިލާއެއްގައި ވެސް ޕްރައިވެޓް ޕޫލެއް ހުންނަ އިރު އަންޑަވޯޓާ ޑައިނިން ރެސްޓޯރެންޓެއްގެ އިތުރުން އިންފިނިޓީ ޕޫލެއް ވެސް ޓޫރިސްޓުންނަށް ބޭނުންކުރެވޭ ގޮތަށް ވަނީ ހަދައިފައެވެ.
މެއްޔާފުއްޓަކީ ފުށިފަރު މޯލްޑިވްސް ރިސޯޓު ހިންގާ ކުންފުނީގެ އާ ރިސޯޓެވެ.
މިދިޔަ އަހަރު ރާއްޖޭގައި އަލަށް ހަ ރިސޯޓެއް ހުޅުވިއެވެ. މިވަގުތު ރާއްޖޭގައި 179 ރިސޯޓުން ޓޫރިސްޓުންނަށް އަންނަނީ ހިދުމަތް ދެމުންނެވެ. އެއީ ގާތްގަނޑަކަށް 45،000 އެނދެވެ. ރާއްޖޭގައި ޓޫރިސްޓުންނަށް ހިދުމަތްދޭ ތަންތަނުގެ 70 ޕަސެންޓު ހިއްސާ ކުރަނީ ރިސޯޓުތަކެވެ.



