ޔަހޫދީ އިޒްރޭލާއި އެމެރިކާއިން އީރާނަށް ދެމުންގެންދާ ހަމަލާތަކާއި ގުޅިގެން، އީރާނުން ވެސް ދެމުންގެންދާ ބައެއް ހަމަލާތައް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ހުއްޓުވަން ފަށައިފިއެވެ.
އިޒްރޭލާއި އެމެރިކާއިން އިސްވެ ފަށާފައިވާ މި ހަނގުރާމައިގެ ސަބަބުން އީރާނުން ވެސް ވަނީ އެތައް ހަމަލާއެއް ރައްދުކޮށް، އަރަބި އެހެން ޤައުމުތަކުގައި ހުންނަ އެމެރިކާގެ އެއާ ބޭސްތަކަށް ވެސް ހަމަލާދޭން ފަށާފައެވެ.
އީރާނުން މީގެކުރިން ވަނީ ޔޫއޭއީގައި ހުންނަ އެމެރިކާގެ ބޭސްއަށް ވެސް ހަމަލާ ދީފައެވެ. ނަމަވެސް އީރާނުން ދެމުންގެންދާ މިސޭލާއި ޑްރޯން ހަމަލާތައް ޔޫއޭއީގެ އަސްކަރިއްޔާއިން މިއަދު ވަނީ ހުއްޓުވަން ފަށާފައެވެ.
އެގޮތުން ޔޫއޭއީގެ މިނިސްޓްރީ އޮފް ޑިފެންސް އެންޑް އިންޓީރިއޯއިން ވަނީ، ރައްކާތެރިކަމުގެ ސަރަހައްދުތަކަށް ހިޖުރަކުރުމަށް ރައްޔިތުންނަށް މިއަދު ގޮވާލާފައެވެ. އަދި ޔޫއޭއީން އީރާނުގެ ހަމަލާތައް ހުއްޓުވުމުގެ މަސައްކަތް ފަށާފައިވާކަން ވެސް އެ މިނިސްޓްރީން ވަނީ އިއުލާނުކޮށްފައެވެ.




1 Comment
ކޮބާ އޭގެ ކުރިން ޔޫައޭއީ އަށް ފޮނުވި 1440 ޑޮރޯން އާއި 253 ބަލިސްޓިކް މިސައިލް؟