ސިނަމާލެ އަދި މާލެހިޔާ ފްލެޓުތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަަސައްކަތާ ގުޅޭ ޓެންޑާ ލިޔެކިޔުންތައް ތައްޔާރުކުރުމަށްޓަކާ، އެ ތަންތަނުގެ ތަފްސީލީ އެސެސްމެންޓެއް ހެދުމަށް ކޮންސަލްޓެންސީ ދޭނެ ބަޔަކު ހޯދަން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން މިއަދު އިއުލާނުކޮށްފިއެވެ.
އެ މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ މި މަސައްކަތަށް ޝައުގުވެރިވާ ރާއްޖޭގެ ކުންފުނިތަކަށާއި ކޮންސަލްޓެންޓުންނަށް ފުރުސަތު ހުޅުވާލާ ކަމަށެވެ.
މި މަސައްކަތުގެ އާރުއެފްޕީ ކަރުދާސް ހައުސިންގް މިނިސްޓްރީން ވަނީ އާންމުކޮށްފައެވެ.
އެ ކަރުދާހުގައިވާ ގޮތުން، ސިނަމާލެ އަދި މާލެހިޔާ އިމާރާތްތަކުގެ ހާލަތު ދެނެގަތުމަށް އެ ތަންތަނުގެ ތަފްސީލީ ސްޓްރަކްޗްރަލް، އާކިޓެކްޗަރަލް، މެކޭނިކަލް އަދި އިލެކްޓްރިކަލް އިވެލުއޭޝަނެއް ހަދަން ޖެހެއެވެ. އަދި އިމާރާތްތައް ހަލާކުވުމުގެ ސަބަބުން ތަނުގައި ދިރިއުޅޭ މީހުންނަށް ހުތި ނުރައްކާތައް ވެސް ދެނެގަންނަން ބޭނުންވެއެވެ.
އިމާރާތްތަކުގެ ތަފްސީލީ އެސެސްމެންޓެއް ހަދާ، އެ ތަންތަން މަރާމާތުކޮށް މެއިންޓެނެންސް މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް ބޭނުންވާ ޓެކްނިކަލް މައުލޫމާތު ވެސް އެ މަސައްކަތް ކުރާ ފަރާތުން ސަރުކާރަށް ފޯރުކޮށްދޭން ޖެެހެ އެވެ.
އެގޮތުން، މާލެހިޔާ އަދި ސިނަމާލެ އިމާރާތްތަކުގެ މެއިންޓެނެންސް އަދި މަރާމާތުގެ މަސައްކަތްތައް ކުރިއަށް ގެންދަން ރައްކާތެރި ޓެކްނިކަލް ގައިޑްލައިންތަކާއި އިންޖިނިއަރިން ސްޕެސިފިކޭޝަންސް އަދި ކުރެހުންތަކާއި ރިޕެއާ މެތޮޑަލަޖީތައް ފޯރުކޮށްދޭން ވެސް ޖެހެ އެވެ.
މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެެ 31 ވަނަ ދުވަހުގެ މެންދުރުފަހު 1ގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަން ޖެހެއެވެ.




