ނިސްބަތުން ޓީބީ މަދު އަދި ހަރުދަނާކަމާ އެކު ފަރުވާ ފޯރުކޮށްދޭ ގައުމަކަށް ވާތީ ރާއްޖެއަކީ ފަހުރުވެރި ގައުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ މިއަދަކީ ދުނިޔޭގެ ޓީބީ ދުވަސް ކަމަށްވާތީ މިއަދާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ރައީސް ވިދާޅުވީ، ޓީބީ އަކީ ބަލިން ރައްކާތެރިވެ، ފަރުވާ ކުރެވޭނެ ބައްޔަކަށްވިއަސް ދުނިޔޭގެ އެތައް މިލިއަން ބަޔަކަށް އަދިވެސް އެ ބަލީގެ އަސަރު ކުރާ ކަމަށެވެ.
ރައީސް ވިދާޅުވީ އެ ބަލި ނައްތާލަން ހަރުދަނާ ސިއްހީ ނިޒާމު ދެނެގަނެ، މުޖުތަމައުގެ ބައިވެރިވުމުގެ މުހިއްމުކަން ފާހަގަކުރެވޭ ކަމަށެވެ.
”ރާއްޖެއަކީ ޓީބީ ބަލި މަދު ގައުމަކަށްވުމާއި ދުރާލާ ބަލި ދެނެގަނެ، އަވަސް ފަރުވާއެއް ހޯދުމާއި ބަލި ދެނެގަތުމުގެ މަގު ފަހިކޮށްދީ، ބަލިން ރައްކާތެރިވުމުގެ ފުރުސަތު ފަހިކޮށްދޭ އަދި ބަލިން ސަލާމަތްވެފައިވާ އާބާދީއަށް ބޭނުންވާ ފަރުވާ ހަރުދަނާކަމާއެކު ފޯރުކޮށްދޭ ގައުމަކަށް ވާތީ ރާއްޖެއަކީ ފަހުރުވެރި ގައުމެއް،“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވަނީ ޓީބީ ބަލިން ސަލާމަތްވެފައިވާ މުސްތަގުބަލެއް ހޯދަން ސިއްހީ ހިދުމަތްތެރިންނާއި މުޖުތަމައު ގުޅިގެން އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ މަސައްކަތުގައި ދެމި ހުންނަން އިލްތިމާސްކުރައްވައިފައެވެ.
އެޗްޕީއޭ އިން އެންމެ ފަހުން ހިއްސާކުރި މައުލޫމާތުތައް ދައްކާ ގޮތުން، ރާއްޖޭގައި 2024 ވަނަ އަހަރު 148 މީހުންނަށް ޓީބީ ޖެހިގެން ރިޕޯޓުކުރިއެވެ.




