ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ރަމަޟާން މަހު ޢުމްރާއަށް ދިޔަ ފުރަތަމަ ފްލައިޓް ރާއްޖެ އައިސްފިއެވެ.
މި ފްލައިޓު ޖައްސާފައިވަނީ މިއަދު ހެނދުނު 09:30 ހާއިރުގައެވެ.
ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިއަހަރުގެ ރަމަޟާން މަހު 600 އަށްވުރެ ގިނަ މީހުންވަނީ މައްކާއަށް ގޮސްފައެވެ.
ރަމަޟާން މަހުގައި ޢުމްރާގެ މަތިވެރި އަޅުކަން ނިންމުމަށްފަހު މިހާރު ޢުމްރާވެރިން މިވަނީ ފުރަން ފަށާފައެވެ. އެގޮތުން މިއަދު 2 ފްލައިޓްގައި ޢުމްރާވެރިން ފުރުމަށްވަނީ ހަމަޖެހިފައެވެ. ފުރަތަމަ ފްލައިޓުގައި 58 ޢުމްރާވެރިން އަދި ދެވަނަ ފްލައިޓްގައި 60 މީހުން ފުރާނެ ކަމަށް މައުލޫމާތު ލިބެއެވެ.
ރަމަޟާން މަހާ ދިމާކޮށް 2 ގްރޫޕަކަށް ބަހާލައިގެން ކޯޕަރޭޝަންގެ ހަވާލުގައިވަނީ މީހުން ޢުމްރާއަށް ގެެނެސްފައެވެ. އެގޮތުން މުޅި ރަމަޟާން މަހު ޢުމްރާއަށް 230 މީހުންވަނީ މައްކާއަށް ގޮސްފައެވެ.
މީގެއިތުރުން ރާއްޖެއިން ޢުމްރާއަށް ގެންދާނެކަމަށް ބުނެ ފައިސާނަގައިގެން ގްރޫޕަކުން 160 އަށްވުރެ ގިނަ ޢުމްރާވެރިންނަށް މަކަރު ހެދި މައްސަލައާއި ގުޅިގެން އެފަރާތްތަކަށް ޢުމްރާގެ ފުރުސަތު ފަހިކޮށްދިނުމަށް ކޯޕަރޭޝަނުން ވަނީ އެހީތެރިވެފައެވެ. އޭގެތެއިން 40 އަށްވުރެ ގިނަ ފަރާތަކަށް ޢުމްރާގެ ކަންކަން ހަމަޖައްސައިދީފައިވަނީ ސީދާ ކޯޕަރޭޝަންގެ ބެލުމުގެ ދަށުންނެވެ.




