ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) އިން ބާއްވާ ޢިލްމީ ކުރިއެރުމާ ބެހޭ ބައިނަލްއަޤްވާމީ މަހާސިންތާ އޮގަސްޓު މަހު ބާއްވާގޮތަށް ނިންމައިފިއެވެ.
އައިޔޫއެމްގެ އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިންޓެލެކްޗުއަލް އެޑްވާންސްމަންޓް (އައިސީއައިއޭ) އަކީ ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ދިރާސީ މަހާސިންތާއެކެވެ. މިއީ އިލްމުވެރިންނާއި، ރިސާޗަރުން އަދި ދަރިވަރުންނަށް ތަފާތު އިލްމީ ދާއިރާތަކުން މައުލޫމާތު ހިއްސާކޮށް، ޒަމާނީ މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ދުނިޔޭގެ ފެންވަރުގައި ބޭއްވޭ މަހާސިންތާއެކެވެ.
މިއަހަރުގެ މަހާސިންތާއާގުޅޭ މައުލޫމާތުދެމުން ޑިީން ސެންޓަރ ފޯރ ރިސާރޗް އެންޑް ޕަބްލިކޭޝަން، ޑރ. އައިމިނަތު ޝާފިޔާ އާދަމް ވިދާޅުވީ، 11 ވަނަ އައިސީއައިއޭ މަހާސިންތާ ބޭއްވުމަށް ހަމަޖެހިފައިވަނީ އޮގަސްޓު މަހުގެ 30 އިން 31ގެ ނިޔަލަށް ކަމަށެވެ. މިއަހަރުގެ މަހާސިންތާގެ މައިގަނޑު ޝިޢާރަކީ ދެމެހެއްޓެނިވިި ތަރައްޤީއަށްޓަކައި އުނގެނުމުގެ މުޖުތަމަޢުއެއް ބިނާކުރުމެވެ.
އައިސީއައިއޭގެ މައިގަނޑު އަމާޒަކީ:
° ރާއްޖޭގައި ރިސާޗް އަދި އިންޓެލެކްޗުއަލް އިންކުއަރީގެ ސަގާފަތެއް ކުރިއެރުވުން
° ޚިޔާލު ބަދަލުކުރުމަށް ރާއްޖެއާއި ބޭރުގެ އިލްމުވެރިން އެއްތަނަކަށް އެއްކޮށް
° ޢިލްމީ ދިރާސާތަކާއި ޕޮލިސީ އެކުލަވާލުމާއި އާ ދެމެދު އޮތް ފަރަގު ކުޑަކުރުން




