ހއ. ތުރާކުނު ސިއްހީ މަރުކަޒަށް އިތުރުކުރި ބައި ހުޅުވާ ބޭނުން ކުރަން ފަށައިފިއެވެ.
ތުރާކުނު ސިއްހީ މަރުކަޒަށް އިތުރުކުރި ބައި ހުޅުވައިދެއްވީ ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމާއި، އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދެވެ.
ތުރާކުނު ސިއްހީ މަރުކަޒަށް އިތުރުކުރި ބައި ހުޅުވުމަށް މިއަދު އެރަށުގައިވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ ނާޒިމް އާއި މިނިސްޓަރ ސައީދުގެ އިތުރުން ހެލްތު މިނިސްޓްރީގެ އިސްވެރިންނާއި، ތުރާކުނު ކައުންސިލްގެ އިސްވެރިންގެ އިތުރުން، ސިއްހީ މަރުކަޒުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ނާޒިމް ވިދާޅުވީ މިކަމަކީ ތަނުގެ މުވައްޒަފުންގެ މަސައްކަތްތަކަށް ލިބޭ ލުއިފަސޭހަކަމެއްކަމަށާއި، މުވައްޒަފުންގެ މަސައްކަތްތައް ފަސޭހަވުމަކީ ރައްޔިތުންނަށް ދެވޭ ޚިދުމަތް ރަނގަޅުވާނެކަމެއްކަމަށެވެ. މިނިސްޓަރ ވިދާޅުވީ ކުދި އާބަދީގެ ރަށްތަކަށް އިސްކަންދީގެން ސަރުކާރުން މަސައްކަތް ކުރަމުންދާއިރު އެހެން ހިދުމަތްތަކޭ އެއްގޮތައް ސިއްހީ ހިދުމަތްވެސް ފުޅާކުރަމުންދާކަމަށް ވިދާޅުވިއެވެ.




