ތެރަޕިއުޓިކް އަދި ރިހެބިލިޓޭޝަން ފަރުވާއަށް މީހުން ތަމްރީންކުރުމަށް، ސަރުކާރުން ދޭ 250 ސްކޮލަރޝިޕް ފުރުސަތަށް ހުޅުވާލައިފިއެވެ.
މި ފުރުސަތު ހުޅުވާލާފައިވަނީ، ރާއްޖެއާއި ރާއްޖެއިން ބޭރުން ކިޔެވޭނެ ގޮތަށެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ މި ފުރުސަތުތަތަކަށް ކުރިމަތިލާން ހުޅުވާލާފައެވެ. އެގޮތުން މި ސްކޮލަރޝިޕް ފުރުސަތުގައި ހިމެނެނީ ރާއްޖޭގައި ބެޗެލަރސް ޑިގްރީއަށް ކިޔެވުމަށް ދޭ 120 ފުރުސަތާއި މާސްޓަރސް ޑިގްރީއަށް ދޭ 20 ފުރުސަތެވެ. އަދި ރާއްޖެއިން ބޭރުން ޑިގްރީއަށް ކިޔެވުމަށް ދޭ 30 ފުރުސަތާއި މާސްޓަރސް ޑިގްރީއަށް ދޭ 80 ފުރުސަތެވެ.
އެންމެ ގިނައީ ސްޕީޗް ތެރަޕީއަށް ހުޅުވާލާފައިވާ ފުރުސަތެވެ. އެ ދާއިރާއިން 90 ފުރުސަތަށް ވަނީ ހުޅުވާލާފައެވެ.
– ރާއްޖެއިން ދޭ ސްކޮލަރޝިޕް ފުރުސަތު: ބެޗެލަރސް ޑިގްރީ
° ސައިކޮލޮޖީ: 30 ފުރުސަތު
° ކައުންސިލިން/ބިހޭވިއަރ ތެރަޕީ: 30 ފުރުސަތު
° އޮކިއުޕޭޝަނަލް ތެރަޕީ: 30 ފުރުސަތު
° ސްޕީޗް ތެރަޕީ: 30 ފުރުސަތު
– ރާއްޖެއިން ދޭ ސްކޮލަރޝިޕް ފުރުސަތު: މާސްޓަރސް ޑިގްރީ
° ސައިކޮލޮޖީ: 20 ފުރުސަތު
– ރާއްޖެއިން ބޭރުން ދޭ ފުރުސަތު: ބެޗެލަރސް ޑިގްރީ
° ސްޕީޗް ތެރަޕީ: 30 ފުރުސަތު
– ރާއްޖެއިން ދޭ ސްކޮލަރޝިޕް ފުރުސަތު: މާސްޓަރސް ޑިގްރީ
° އޮކިއުޕޭޝަނަލް ތެރަޕީ: 30 ފުރުސަތު
° ސްޕީޗް ތެރަޕީ: 30 ފުރުސަތު
° ބިހޭވިއަރ އެނަލިސިސް/ ބިހޭވިއަރ ތެރަޕީ: 20 ފުރުސަތު




