މިހާރު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު އަދި ރެފަރަންޑަމް ވޯޓުގައި މާލޭގެ ކުރީގެ ދެ ރައީސުން ކަމަށްވާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އާއި އިބްރާހިމް މުޙައްމަދު ސޯލިހު ވެސް ވޯޓު ލައްވައިފިއެވެ.
ރައީސް ޔާމީން ވޯޓު ލައްވާފައި ވަނީ އަހްމަދިއްޔާ އިންޓަނޭޝަނަލް ސުކޫލުގައި ހުރި ވޯޓު ފޮށްޓަށެވެ. އަދި ރައީސް ސޯލިހު ވޯޓު ލެއްވީ ޖަމާލުއްދީން ސްކޫލްގައި ހުންނަ ވޯޓު ފޮށްޓަށެވެ.
މި އިންތިހާބުގެ ވޯޓުލުން ހެނދުނު 8 ޖެހިއިރުން ފެށިގެން ކުރިއަށްދާއިރު ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި މެޑަމް ސާޖިދާވެސް ވަނީ ވޯޓު ލައްވާފައެވެ. ތާޖުއްދީން ސްކޫލަށް ރައީސް ވޯޓު ލައްވާފައިވާއިރު މެޑަމް ވޯޓު ލައްވާފައިވަނީ އަމީނިއްޔާ ސުކޫލަށެވެ.
މިއަދުގެ ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި 2961 ކެންޑިޑޭޓުން ޖުމްލަކޮށް ވާދަކުރެއެވެ.
މިހާރު ކުރިއަށްދާ އިންތިހާބުތަކުގައި ޖުމްލަ 294،876 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އެއީ 150،370 ފިރިހެނުންނާއި، 144،506 އަންހެނުންނެވެ. މި އިންތިހާބުގައި ޖުމްލަ 588 ވޯޓު ފޮށި ބަހައްޓާފައިވެއެވެ.




