ޕޮލިސް ކޮމިޝަނަރު ކަމަށް އަހުމަދު މުހައްމަދު (ޓޫފޯ) ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އައްޔަންކުރައްވައިފިއެވެ.
ސީޕީ ކަމުގެ މަގާމަށް އައްޔަނު ކުރެއްވިއިރު އޭނާ ހުންނެވީ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައެވެ.
އަހުމަދު މުހައްމަދު ވަނީ 1995 އިން ފެށިގެން ފުލުހުންގެ ހިދުމަތުގައި ހިދުމަތް ކުރައްވަމުން ގެންދަވާފައެވެ. އަދި އޭނާ ވަނީ ޝަރީއާއިން ބެޗެލާސް ޑިގްރީ ވެސް ހާސިލުކުރައްވައިފައެެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން މިދިޔަ ފެބްރުއަރީ މަހު ފަހުކޮޅު ރިޓަޔާކުރެއްވުމާ ގުޅިގެންނެވެ.
އޭގެ ފަހުން ފުލުހުންގެ ހިދުމަތް ވަގުތީގޮތުން ހިންގުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީއާ އޮތީ ހަވާލުކޮށްފައެވެ.
އަހުމަދު މުހައްމަދުއަކީ މި ސަރުކާރުގެ ތިންވަނަ ޕޮލިސް ކޮމިޝަނަރެވެ.



