ދަރުމަވަންތަ ހޮސްޕިޓަލު ހިމެނޭހެން މާފަންނުގެ ބައެއް ސަރަހައްދުތަކުން އަނެއްކާވެސް ކަރަންޓު ކެނޑިއްޖެއެވެ.
”ސައުވީސް“ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ދަރުމަވަންތަ ހޮސްޕިޓަލުގެ ލިފްޓުތަކުން ވެސް ކަރަންޓު ގޮސްގެން ބަޔަކު މިވަގުތު ތިބީ އެ ހޮސްޕިޓަލުގެ ހަތަރުވަނަ ފަންގިފިލާގައި ތާށިވެފައެވެ.
ސްޓެލްކޯއިން ބުނީ، މާފަންނުގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓުގެ ހިދުމަތް މެދު ކެނޑިފައެވެ.
”ހިދުމަތް މެދުކެނޑެން ދިމާވި މައްސަލަ ދެނަގަނެ ވީއެންމެ އަވަހަކަށް ހައްލުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން. ދިމާވާނެ ދަތިތަކަށް މަޢާފަށް އެދެން“ ސްޓެލްކޯއިން ބުނެފައިވެއެވެ.
މިއަދު ހެނދުނުގެ ވަގުތެއްގައި ވެސް މާފަންނުގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓު ކެނޑިފައެވެ. ނަމަވެސް ފަހުން ސްޓެލްކޯއިން ވަނީ އެ މައްސަލަ ހައްލުކޮށް، އަލުން އެ ސަރަހައްދަށް ކަރަންޓުގެ ހިދުމަތް ދޭން ފަށާފައެވެ.




