ފީއަލީ ކައިރީގައި އޮތް ތެޔޮ ބޯޓެއްގައި ރޯވެ މިއަސު ހެނދުނު ހިނގި އަލިފާނުގެ ހާދިސާގައި ޕެޓްރޯލް ޝެޑެއްގައިވެސް ރޯވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، މިއަދު ހެނދުނު 09:15 ހާއިރު، ފީއަލީ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ރޯވެ އަނދަމުންދާކަމަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު މި އަލިފާނުގެ ހާދިސާގައި ތެޔޮ ބޯޓުގެ އިތުރުން ދެ ދޯންޏަކަށާއި ދެ ޑިންގީއަކަށް އެކިވަރުގެ ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުގައި ހުރި އައިސް ޕްލާންޓަށްވެސް އަލިފާނުގެ އަސަރުކޮށް، އެތަނުގައި އަލިފާން ހިފާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
ފުލުހުން މީގެ އިރުކޮޅެއް ކުރިން ބުނީ، އެ ސަރަހައްދުގައި ހުރި ފިއުލް ޝެޑަށް އަލިފާނުގެ އަސަރުކޮށް، ޑިސްޕެންސަރާއި ޝެޑުގެ ބައެއް ބައިތަކުގައި ވެސް އަލިފާން ރޯވެފައިވާ ކަމަށެވެ.



