އަލަށް އިންތިހާބުވި މާލެ ސިޓީ ކައުންސިލް ޑެޕިއުޓީ މޭޔަރު ކަމަށް، ކައުންސިލަށް އިންތިހާބުވި އިދިކޮޅު އެމްޑީޕީގެ ގިނަ ބޭފުޅުންތަކެއް ޝައުގުވެރިވެ، އެ މަގާމަށް އޮތް ވާދަވެރިކަން ބޮޑުވެއްޖެއެވެ.
މި މަހުގެ 4 ވީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ކައުންސިލް އިންތިހާބުގައި މާލޭ މޭޔަރު ހިމެނޭހެން ކައުންސިލުގެ 18 ގޮނޑިއަށް އެމްޑީޕީގެ 16 މެންބަރުން އިންތިހާބުވި އެވެ. ބާކީ ދެ ގޮނޑި ލިބުނީ، ޕީއެންސީއަށެވެ.
މިހާތަނަށް އެއްކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި އެމްޑީޕީގެ އަށް އިންތިހާބީ ކައުންސިލަރުންގެ ޝައުގުވެރިކަން މާލެސިޓީގެ ޑެޕިއުޓީ މޭޔަރުކަމަށް އެބަ އޮތެވެ.
އެގޮތުން މިހާތަނަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ އަށް އިންތިހާބީ ކައުންސިލަރުންނަކީ:
° ހުޅުމާލެ އުތުރު ދާއިރާ ފާތިމަތު ޒަހިއްޔާ (ޒާޔާ) – އިންތިހާބު ކާމިޔާބުކޮށްފައި ވަނީ 935 ވޯޓާއެކު
° ހުޅުމާލެ ދެކުނު ދާއިރާ އަހްމަދު ގާލިބު – އިންތިހާބު ކާމިޔާބުކޮށްފައި ވަނީ 933 ވޯޓާއެކު
° ހެންވޭރު މެދު ދާއިރާ މީކާއިލް މުހައްމަދު ރިޔާޒު (މިކީ) – އިންތިހާބު ކާމިޔާބުކޮށްފައި ވަނީ 665 ވޯޓާއެކު
° ގަލޮޅު ދެކުނު ދާއިރާ އިސްމާއިލް ހަލީމް (ގުއްދޫސް އިއްސެ) – އިންތިހާބު ކާމިޔާބުކޮށްފައި ވަނީ 923 ވޯޓާއެކު
° މާފަންނު އުތުރު ދާއިރާ ހުސައިން ފުރުޝާން (ފުރޫ) – އިންތިހާބު ކާމިޔާބުކޮށްފައި ވަނީ 1،036 ވޯޓާއެކު
° މާފަންނު މެދު ދާއިރާ އައިޝަތު ހަނާ – އިންތިހާބު ކާމިޔާބުކޮށްފައި ވަނީ 943 ވޯޓާއެކު
° މާފަންނު ދެކުނު ދާއިރާ އިބްރާހިމް ލަބާން ޝަރީފް – އިންތިހާބު ކާމިޔާބުކޮށްފައި ވަނީ 781 ވޯޓާއެކު
° މާފަންނު ހުޅަނގު ދާއިރާ މުހައްމަދު ރިލްވާން އަލީ (ރިލޭ) – އިންތިހާބު ކާމިޔާބުކޮށްފައި ވަނީ 1،040 ވޯޓާއެކު




