ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ %15 އިތުރުވެއްޖެ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާއްމުކޮށްފައިވާ މިއަހަރުގެ މާރިޗު މަހުގެ ދައުލަތުގެ އާމްދަނީގެ ރިޕޯޓުން ދައްކައިފިއެވެ.
އެ ރިޕޯޓުގައިވާގޮތުން މާރިޗު މަހުގެ ނިޔަލަށް ޑޮލަރުން ބަލައިގަނެފައިވާ އާމްދަނީގެ އަދަދަކީ 512،444،534 ޑޮލަރެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީގެ އަދަދު ކަމުގައިވާ 441،847،516 ޑޮލަރާ އަޅާ ބަލާއިރު %15 އިތުރު އަދަދެކެވެ.
މާރިޗު މަހުގެ ނިޔަލަށް ޑޮލަރުން ބަލައިގަނެފައިވާ އާމްދަނީގެތެރޭގައި އެންމެ ބޮޑުބައެއް ހިއްސާކުރަނީ ޓީ-ޖީއެސްޓީއާއި، ޑީޕާޗަރ ޓެކުހާއި، އިންކަމް ޓެކްސް، އެއާޕޯޓު ޑިވެލޮޕްމަންޓު ފީގެގޮތުގައި ލިބިފައިވާ އަދަދެވެ.
މިދިޔަ މާރިޗު މަހުގެ ނިޔަލަށް ޑޮލަރުން ބަލައިގަނެފައިވާ އާމްދަނީގެތެރޭގައި އެންމެ ބޮޑުބައެއް ހިއްސާކުރަނީ ޓީ-ޖީއެސްޓީއާއި، ޑީޕާޗަރ ޓެކުހާއި، އިންކަމް ޓެކްސް، އެއާޕޯޓު ޑިވެލޮޕްމަންޓު ފީގެގޮތުގައި ލިބިފައިވާ އަދަދެވެ.
ޑޮލަރުން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ:
– ޓީ- ޖީއެސްޓީ: 269 މިލިޔަން ޑޮލަރު
– އިންކަމް ޓެކްސް: 56 މިލިޔަން ޑޮލަރު
– ލޭންޑު އެކިއުޒިޝަން އެންޑު ކޮންވާޝަން ފީ: 35 މިލިޔަން ޑޮލަރު
– ގްރީން ޓެކްސް: 47 މިލިޔަން ޑޮލަރު
– އެއާޕޯޓު ޑިވެލޮޕްމަންޓު ފީ: 37 މިލިޔަން ޑޮލަރު
– ޑިޕާޗަރ ޓެކްސް: 36 މިލިޔަން ޑޮލަރު
ތަފާސްހިސާބުތައް ދައްކާގޮތުން މާރިޗު މަހު ލިބުނު އާމްދަނީގެތެރޭގައި 208 މިލިޔަން ޑޮލަރު ހިމެނެއެވެ. މިއީ މިދިޔަ އަހަރުގެ މާރިޗު މަހު ލިބުނު 178 މިލިޔަން ޑޮލަރާ އަޅާ ބަލާއިރު %16 އިތުރު އަދަދެކެވެ.




