ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ތުހުމަތުތަކެއްކޮށް“އަދަދު“ ނޫހުން އުފެއްދި ޑޮކިއުމެންޓްރީއާ ގުޅިގެން ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރުގައި، މި މައްސަލާގައި ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން އެ ޑޮކިއުމެންޓަރީ ދައުރު ނުކުރުމަށާއި ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ޑޮކިޔުމެންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް ނުދެއްކުމަށާއި ޑޮކިއުމެންޓްރީއާ ގުޅުވާ މައްސަަލައިގެ ހަސްމަކަށް ނުވަތަ ކުށުގެ ޝިކާރައަކަށްވި މީހާގެ އެއްވެސް ވާހަކައެއް ނުދައްކަން އަމުރުކޮށްފައި ވަނިކޮށް، ރައީސް މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ’އަދަދު‘ ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން، އެކަމާ ގުޅޭ ސުވާލެއް ކުރުމުން، ރައީސް އޮފީހުގެ ޕްރެސް ރޫމުން މިއަދު ނެރެފިއެވެ.
ޝަހުޒާން ސުވާލު ކުރުމުން ރައީސް ވިދާޅުވީ ކޯޓުން ”ގެގް އޯޑާއެއް“ ނެރެފައިވާ ކަމަށާއި އެ ސުވާލު ކުރުމުން ޝަހުޒާން ކޯޓު އަމުރާ ކަނޑައެޅިގެން ސީދާ ހިލާފުވެފައިވާ ކަމަށެވެ.
”ޝަހުޒާން ތިވަނީ މިހާރު ކޯޓު އަމުރާ ޚިލާފުވެފަ. އެހެންވީމަ އަޅުގަނޑު އެދެނީ ޝަހުޒާން މި މާލަން ދޫކޮށްފަ ވަޑައިގަންނަވަން. ކަނޑައެޅިގެން ދޮގު ތުހުމަތު އަޅުގަނޑުގެ ބޮލުގައި ތިއަޅުވަނީ“ ރައީސް މުޢިއްޒު ވިދާޅުވެފައިވެއެވެ.
މި އެންގުމާއެކު ރައީސް އޮފީހުގެ ޕްރެސް ރޫމުގައި އެވަގުތު ތިއްބެވި އިސް އޮފިޝަލުންނާއި އެސްޕީޖީ ވަނީ ވަގުތުން ޝަހުޒާން އެތަނުން ނެރެފައެވެ.




