ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ ޕީއެންސީ މެންބަރު ޙަސަން ޒަރީރަށް ހަމަލާދިން މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
އެނގިފައިވާ ގޮތުގައި ޒަރީރަށް ހަމަލާ ދީފައިވަނީ ރޭގެ ވަގުތެއްގައެވެ. އޭނާގެ ހާލު ރަނގަޅު ކަމަށާއި ފުލުހުން މައްސަލަ ބަލަމުންދާ ކަމަށް ޒަރީރު ވަނީ ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައެވެ.
ފުލުހުން މިއަދު ބުނީ، ޒަރީރަށް ހަމަލާދިންކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ރޭ ލިބުނު ކަމަށެވެ.
އެ މައްސަލަ ތަހުގީގުކުރާ ކަމަށް ބުނި ނަމަވެސް، މީހަކު ހައްޔަރުކުރިކަން ނުވަތަ ނޫންކަން ފުލުހުން ނުބުނެއެވެ.
ފާހަގަކުރެވޭ ގޮތުގައި، ނަވާރަވަނަ މަޖިލީހުގައި ވެސް މަތިވެރި ދާއިރާގެ މެންބަރުކަން ކުރެއްވި ޒަރީރަށް މީގެ ތިން އަހަރު ކުރިން ވެސް ބަޔަކު ހަމަލާދިނެވެ.
ޒަރީރަށް ހަމަލާދިނީ އޭނާ މެންބަރުކަމުގައި ހުންނަވަނިކޮށް، މެއި 1، 2023 ގައި ފަތިހު 04:15 އެހާކަންހާއިރު ބުރުޒުމަގުގައި ހުންނަ ހަބީބީ ކެފޭ ތެރެއިންނެވެ.



