މާލޭ ގެއެއްގެ ކަބަޑެއްގައި ރޯވެ، އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފް އިން ބުނީ، މއ. ސުއްކަތުރާގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
ރޯވި އަލިފާންގަނޑު މިހާރު ނިއްވާލާފައިވާ ކަމަށާއި މިހާރު ކުރަމުންދަނީ ދުން ބޭރުކުރުމުގެ މަސައްކަތް ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.
”ރޯވީ އެގޭގެ ބަދިގެއާ ސިޓިންރޫމް ހިމެނޭ ބައިގައިހުރި ކަބަޑެއްގެ ތިރީގައި“ އެމްއެންޑީއެފް އިން ބުނެފައިވެއެވެ.
މިހާދިސާ ގައި ދުމުގެ އަސަރު ކޮށްގެން އެކަކު ހޮސްޕިޓަލަށް ގެންދިޔަކަމުގެ މައުލޫމާތު ވެސް ވަނީ ލިބިފައެވެ.



