ސްކޫލަށް ނުދާ ދަރިވަރުންގެ އަދަދު ވަރަށް ބޮޑަށް އިތުރު ވެފައިވާ ކަމަށް ވިދާޅުވެ، އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.
ކީސްޓޭޖް-3 2025ގެ ނެޝަނަލް އެސެސްމަންޓް އޮފް ލާނިން އައުޓްކަމްސް ރިޕޯޓް އާންމު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ދަރިވަރުންގެ ނަތީޖާ އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުމަށް ސްކޫލަށް ހާޒިރުވާން ޖެހޭނެ ކަމަށެވެ.
ނަމަވެސް މިދުވަސްވަރު ގިނަ އަދަދެއްގެ ދަރިވަރުން ސްކޫލަށް ހާޒިރުނުވާކަން ފާހަގަވެފައިވާ ކަމަށާއި އަދި އެއީ ކަންބޮޑުވާންޖެހޭ ކަމެއް ވެސް މިނިސްޓަރު ޝަފީއު ވިދާޅުވިއެވެ.
”އަޅުގަނޑުމެން ބެލެނިވެރިން، މުދައްރިސުން، އެންމެންގެ ލެވެލްގައި ވެސް މިކަމާ ދޭތެރޭ ވިސްނަން އެބަޖެހޭ. ހާއްސަކޮށް ބެލެނިވެރިން ވިސްނަން އެބަޖެހޭ. އެނގޭ މިއީ ވޯލްޑްކަޕް ދުވަސްވަރުކަން. އެހެން ނަމަވެސް އަށެއްކަ ހާސް ދަރިވަރުން ސްކޫލަށް ނުދިއުމަކީ އެއީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް،“ މިނިސްޓަރު ޝަފީއު ވިދާޅުވިއެވެ.
ޝަފީއު ވިދާޅުވި ގޮތުގައި ސްކޫލަށް ހާޒިރުނުވާ ދަރިވަރުންގެ 40 ޕަސެންޓަކީ މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ދަރިވަރުންނެވެ. އަދި ސްކޫލަށް ހާޒިރު ނުވެ، ފިލާވަޅުތައް ގެއްލޭނަމަ ނަތީޖާއަށް އަސަރު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.




1 Comment
އެހެންދޯ ވާނީވެސް. 20 އަހަރު އެތައް ލާރިއެއް ހަރަދުކޮށް ކިޔަވައިގެން މަސައްކަތް ކުރަން މި ޖެހެނީ ކުޑަ މުސާރައިގަ ނުކިޔަވާ ތިބި ބައެއްގެ ދަށުގަ. ގޭންގުތަކާއި ޕާޓީ މީހުންނާއި އެމީހުންގެ އާއިލާއަށް މަތީ މަގާމުތައް ދީފަ ބާކީވާ ވަޒީފާއެއް ލިބެނީ. ނޫނީ އެމީހުންގެ ދަށުން އަޅު މަސައްކުރަން ޖެހޭ ކަހަލަ ވަޒީފާ. ކިޔަވާނެ ކަމެއް ނެތް. ޕާޓީއަކަށް ވަދެ ކެމްޕޭނު ކޮށްލަނިކޮށް 40000 ރުފިޔާގެ މުސާރައާ ފުލެޓުތައް ލިބޭނެ. އަދި އާއިލާ ރައްޓެހިންނަށް އެއިން ބައެއް އެޅޭނެ.