ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ މެޓް އޮފީހުން އެ ސަރަހައްދަށް ހުދު ސަމާލު ނެރެފިއެވެ.
މިއަދ ހަވީރު 5:00 އާ ހަމައަށް ނެރެފައިވާ އެ ހުދު ސަމާލުގައި ވަނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައެވެ.
މެޓުން ބުނި ގޮތުގައި ދެކުނުގައި ކަނޑުތައް މަޑުވާނެ އެވެ. އެކަމަކު އެހެން ހިސާބުތަކުގައި އާދައިގެ ވަރަކަށް ކަނޑު ގަދަވާނެ ކަމަށް ބުނެފައިވެއެވެ.
ރާޅުގެ އުސްމިން ދެކުނުގެ އަތޮޅުތަކުގައި 1-3 ފޫޓާ ދެމެދުގައި ހުންނާނެ ކަމަށް ލަފާކުރެވުނަސް އެހެން ހިސާބުތަކުގައި ރާޅުގެ އުސްމިން 3-6 ފުޓާ ދެމެދުގައި ހުންނާނެ ކަމަށް މެޓުން ބުންޏެވެ.
ހުޅަނގު މޫސުން ފެށި، ޖޫން މަހާއި ޖުލައި މަހަކީ ރާއްޖެއަށް އާންމު ގޮތެއްގައި އެންމެ މޫސުން ގޯސް ދުވަސްވަރެވެ.




